
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބީޗު ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ
# ހޭންޑްބޯލް މޯލްޑިވްސް# ކުޑަހުވަދޫ ސްޕޯޓްސް ކުލަބު# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓްބީޗު ހޭންޑްބޯޅަ މެޗެއްގެ ތެރެއިން
ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބީޗު ހޭންޑްބޯޅަ މުބާރާތެއް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހު އާންމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.

ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި އެކުލަބުގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން ހޭންޑްބޯޅަ އަކީ މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރަށްވުމުގެ އިތުރުން ބީޗު ހޭންޑްބޯޅަ އަކީ ވެސް ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރަކަށްވާތީވެ، މިކުޅިވަރު ޕްރޮމޯޓްކޮށް ކުރިއެރުވުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކުލަބުން ބާއްވާ މުބާރާތެއް ކަމަށެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ގިނަވެގެން ޖެހޭނީ ހަތް ކުޅުންތެރިންނެވެ.
މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 250 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ޓީމު ލިސްޓް ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުންހުރި

"ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި
.jpg&w=3840&q=75)
ސީދާ ދެ ސެޓުން ޒެފަރސް ބަލިކޮށް ފައިނަލްގެ ދަވަނަ ޖާގަ ސައުތުވެސްޓް އިން ހޯދައިފި
