
ސީދާ ދެ ސެޓުން ކޭއެސްއޭ ބަލިކޮށް ކުލަބު ހުޅުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބުކޭއެސްއޭ އާއި ކުލަބު ހުޅު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހެނދު ކުޅުނު ފުރަަތަމަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) އާއި ކުލަބު ހުޅު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ހުޅުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓުގައި މޮޅަށް ކުޅު ކުލަބު ހުޅުން މެޗު ޑޮމިނޭޓްކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ކޭއެސްއޭ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިސެޓް ހުޅުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ތިން ޕޮއިންޓްގެ ލީޑަކާއެކު 12-9 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ހުޅުގެ ފާތުމަތު އަރުޝާއެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އޭއެލްޓީ ބަލިކޮށް ކުލަބު ހުޅުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ބީސްޓް އެސްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާރުޑީއެލް ސެމީފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ކުއީންސް ބަލިކޮށް ޖީ ޓައުން އިން ފެށުން ރަނގަޅުކޮށްފި
