ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ޖުލައި މަހުގައި
# ކުޑަހުވަދޫ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރުފެމެލީ ބޭކަރސް މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް
ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ފަރާތުން އިންތިޒާމުކޮށް ބާއްވާ "3 ވަނަ ބީޗް ހޭންޑު ބޯލް މުބާރާތް" މި އަހަރުގެ ޖުލައިމަހުގައި ބޭއްވުމަށް އެ ކުލަބުން ނިންމައިފިއެވެ.

ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ރައީސް އިސްމާޢީލް ފާރިޝް ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއަހަރުގެ މުބާރާތް ވެސް އެކުލަބުން ބާއްވަން ނިންމާފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މީގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް މުބާރާތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ޖޫން މަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ ސާފް ބީޗުގައެވެ.
މި އަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާގެ ގޮތުގައި ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު ފޮޓޯގުރަފީ އެންޑް ގްރެފިކްސް ޕާޓްނަރަކީ ހޭންޑްބޯލް ނޭޝަން އެވެ. އަދި ސްޓްރީމިންގ ޕާޓްނާއަށް އިވެންޓްސް ކުޑަހުވަދޫ ހަމަޖައްސާފައިވާއިރު ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ.
.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
