logoEN
cocacola
ފުލުހަކާއި އޭނާގެ އާއިލާއަށް ބިރުދެއްކި މައްސަލައެއް ބަލަނީ

ފުލުހަކާއި އޭނާގެ އާއިލާއަށް ބިރުދެއްކި މައްސަލައެއް ބަލަނީ

އަލްފާ އަލީ

logo

7/7/2024, 7:06:53 AM

# ފުލުހުން

-

ހުޅުމާލޭގައި މަސައްކަތް ކުރާ ފޮރެންސިކް ފުލުހަކާއި އޭނާގެ އާއިލާއަށް ގޭންގަކުން ބިރުދެއްކި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައިވަނީ, މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ގޭންގްއަކުން ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރާ ފުލުހަކަށް ބިރުދައްކަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ކުރިމަތީގައި އަންހެނުންނަށް ފުރައްސާރަކުރަމުން އަންނަ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ އިދާރާއިން އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއީ ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތްކަމަކަށް ނުބެލެވޭކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ފުލުހުންނަށް ބިރުދެއްކުމާއި, ބްލެކްމެއިލް ކުރުމަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ މައްސަލަތަކެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ