logoEN
cocacola
ކުޑަކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިން މީހާއަށް ފިޔަވަޅު އަޅަން ފޮނުވައިފި

ކުޑަކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިން މީހާއަށް ފިޔަވަޅު އަޅަން ފޮނުވައިފި

އަލްފާ އަލީ

logo

10/15/2024, 8:46:53 AM

# ފުލުހުން

-

މާލެ-ހުޅުމާލެ ހަލިމަގުގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލް ދިން މައްސަލައިގައި ފިޔަވަޅު އެޅުމަށް މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކޮންޓްރޯލް ކުޑަ ކުއްޖަކަށް ދީފައިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަނީ ސްކޫލް ޔުނީފޯމް ލައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިއަށްލައިގެން އިން ފިރިހެން މީހާ ސައިކަލުގެ ކޮންޓްރޯކް އެކުއްޖާއަށް ދީފައިވާ މަންޒަރެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ, މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ޓްރެފިކް ގަވާއިދާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ