logoEN
cocacola
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލޭންޑް ސެމީފައިނަލަށް

ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލޭންޑް ސެމީފައިނަލަށް

ހަސަން ޝަމްއޫން

logo

7/6/2024, 8:42:56 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔޫރޯ 2024

ނެދަލޭންޑްސް އާއި ތުރުކީ ވާދަކުރި މެޗުގެ ތެރެއުން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި 2-1 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް ނެދަލޭންޑްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ތުރުކީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖައަކުން އޮސްޓްރިއާ ބަލިކުރުމަށްފަހުއެވެ. އަދި ނެދަލޭންޑްސް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ރޫމޭނިއާ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ތުރުކީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ސަމެޓް އަކޭއިދިން އެވެ.

މިއީ އެޓީމުގެ ޒުވާން މިޑްފީލްޑަރު އަޑަރ ގުލާ ގޯލު ކުރިމަށްޗައް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔާއީ 1-0 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސްޓެފާން ޑި ވްރިޖް އެވެ. އަދި މިމެޗުން ނެދަލޭންޑްސް މޮޅުވި ލަނޑަކީ އޭގެ ހަ މިނެޓް ފަހުން ތުރުކީގެ ޑިފެންޑަރު މެރެޓް މުލްޑޫރް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރާއްޖެ ގަޑިން 00:00 ގައި ނެދަލޭންޑްސް ނުކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ