logoEN
cocacola
ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް އިންގްލޭންޑް ސެމީފައިނަލަށް

ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް އިންގްލޭންޑް ސެމީފައިނަލަށް

ހަސަން ޝަމްއޫން

logo

7/6/2024, 6:41:20 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ސްވިޒަލޭންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އިންގްލޭންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި އިންގްލޭންޑާއި ސްވިޒަލޭންޑް ވާދަކުރި މެޗުގެ 120 މިނެޓުގެ ކުޅުން ނިމުނުއިރު، 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ އިންގްލޭންޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ސްވިޒަލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެންޕިއަން އިޓަލީ 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަދި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް އިންގްލޭންޑް ދެވަނަ ބުރުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްވިޒަލޭންޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮސްދިނީ އެޓީމުގެ ފޯވާޑް ބްރީލް އެމްބޯލޯއެވެ.

ނަމަވެސް އޭގެ ފަސް މިނެޓްފަހުން އިންގްލޭންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާއެވެ. މިއީ ސްވިޒަލޭންޑް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ނަތީޖާ ނެރުމައްޓަކައި ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓި ޖަހައިގެންނެވެ.

އެގޮތުން ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި އިންގްލޭންޑުން ޖެހި ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު ސްވިޒަލޭންޑްގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓިމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖައަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ