logoEN
cocacola
މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު

މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު

އަލްފާ އަލީ

logo

7/6/2024, 7:50:12 AM

# ފުލުހުން

-

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ދަށަށް ގޮސްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގޮސިޔާ

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ޖޫންމަހުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލައެ އެވެ. މެއިމަހު ވައްކަމުގެ 335 މައްސަލައެއް ހުށަހަޅާފައިވާއިރު, މިދިޔަ ޖޫން މަހުގައި ހުށަހަޅާފައިވަނީ 315 މައްސަލައެވެ.

މެއިމަހު ފޭރުމުގެ 50 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު, މިދިޔަ ޖޫންމަހު ރިޕޯޓްކޮށްފައިވަނީ ފޭރުމުގެ 29 މައްސަލަ އެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިނުވި ނަމަވެސް އެހެން ކުށްތަކުގެ ތަފާސްހިސާބުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

މިދިޔަ މަހު ރިޕޯޓްކުރި އިތުރު މައްސަލަތައް:

* މަސްތުވާތަކެތީގެ މައްސަލަ: 175* އެއްޗެހި ގެއްލުމުގެ މައްސަލަ: 77* މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 64* މަކަރާއި ހީލަތުގެ މައްސަލަ: 50* އަނިޔާ ކުރުމުގެ މައްސަލަ: 47* ޖިންސީ ގޯނާގެ މައްސަލަ: 23* ގެވެށި އަނިޔާ މައްސަލަ: 25* ފޯޖް ކުރުމުގެ މައްސަލަ: 8

ވައްކަމާއި ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވާކަން ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޖޫންމަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވުމަކީ ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ