
-
އިދިކޮޅު ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އިނގިރޭސިވިލާތުގެ އާއްމު އިންތިހާބުގެ އެގްޒިޓް ޕޯލުން ދައްކާގޮތުން ލޭބަ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ 410 ގޮނޑި ކާމިޔާބު ކުރެވޭނެ އެވެ. މިހާރު ވެރިކަމުގައި އޮތް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކުގެ ކޮންޒަވެޓިވް ޕާޓީ އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 131 ގޮނޑި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ބާކީ ހުރި ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލާއިރު ލިބެރަލް ޑިމޮކްރެޓްސް އަށް 61 ގޮނޑި ،ސްކޮޓިޝް ނެޝަނަލް ޕާޓީ އަށް 10 ގޮނޑި، ރިފޯމް ޔޫކޭ އަށް 13 ގޮނޑި، ގްރީންސް ޕާޓީއަށް ދެ ގޮނޑި ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައެވެ. އިނގިރޭސިވިލާތުގެ އެގްޒިޓްޕޯލްތަކުގެ ނަތީޖާއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްވެސް ވަނީ ލޭބަރ ޕާޓީން އިންތިހާބު ކާމިޔާބުކުރިކަން އިއުލާންކޮށް އެޕާޓީއަށާއި އެޕާޓީގެ ލީޑަރ ކީރް ސްޓާމަރ އަށް މަރުހަބާ ދަންނަވާފައެވެ.
މިއީ 2010 ވަނަ އަހަރަށް ފަހު ޔޫކޭގެ ވެރިކަމަށް ލޭބަރ ޕާޓީން އަންނަ ފުރަތަމަ ފަހަރެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
