އައްޑޫ ސިޓީގައި އަލިފާނުގެ 3 ހާދިސާ!
މުޙައްމަދު މުއައްވަޒު
7/2/2024, 5:50:14 AM
-
އައްޑޫ ސިޓީގައި އިއްޔެ ހަވީރާއި ރޭ ހިނގި އަލިފާނުގެ ތިން ހާދިސާއެއްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓްތަކުން ހަރަކާތްތެރިވެއްޖެއެވެ.
އައްޑޫ ސިޓީގައި ހިނގި މި ހާދިސާތަކުގެ ތެރެއިން ފުރަތަމަ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު އައްޑޫ ސިޓީ ހުޅުމީދޫ މާފިށި ސަރަހައްދު ވަލުތެރޭގައެވެ. މި ހާދިސާގެ މައުލޫމާތު މިއަދު ހަވީރު 17:26 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ އިރުއޮއްސި 17:56 ހާއިރުއެވެ.
ދެވަނަ ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އައިސް ޕްލާންޓް ކައިރީ ވަލުތެރޭގައެވެ. މި ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:39 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 18:50 ހާއިރުއެވެ.
އައްޑޫ ސިޓީގައި އިއްޔެ ހިނގި އަލިފާނުގެ ތިންވަނަ ހާދިސާއަކީ، އައްޑޫ ސިޓީ މީދޫ ބޮންޑޯ އެޅަގެ ގޯތި ތެރޭގައި ހުރި ރުކެއްގައި އަލިފާން ރޯވުމެވެ. މި ހާދިސާގެ މަޢުލޫމާތު މިރޭ 20:01 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރުކުގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 20:23 ހާއިރުއެވެ.
މި ތިން ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ ރިޕޯޓެެއް ލިބިފައެއް ނުވެއެވެ.