logoEN
Sto top
"ޔަސާވާ ޕްރިންސަސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 25 ގަޑިއިރުން!

"ޔަސާވާ ޕްރިންސަސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 25 ގަޑިއިރުން!

އަހުމަދު ޝުރާއު

logo

12/26/2025, 2:44:04 PM

# އެމްއެންޑީއެފް

-

ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 25 ގަޑިއިރުން ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހާމަކޮށްފި އެވެ.

Wamco

އެމްއެންޑީއެފުން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ ބުދަ ދުވަހުގެ ހަވީރު 17:55 ހާއިރު ކަމަށެވެ. އެގޮތުން ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެރޭ 18:09 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި އެ ސަރަހައްދަށް ދިއުމަށްް ދަތުރުފަށާފައި ކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އެ ސަރަހަށްދަށްގޮސް ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށާއި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ 19:22 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މި ސަފާރީގައި ދަރުތުކުރި 25 ފަޅުވެރިންނާއި 19 ފަތުރުވެރިން ވަނީ ރައްކާތެރިކަމާއެކު އެހެން ދޯނިތަކަށް ނަގާފައެވެ.

މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC