.jpg&w=3840&q=75)
ހުޅުމާލެ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
# އެމްއެންޑީއެފް-
ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ރެފްކޫލް އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗު ދިޔަވަމުންދާކަމުގެ މަޢުލޫމާތު މިރޭ 19:07 ހާއިރު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ވަނީ ލޯންޗު އޮތް ސަރަހައްދަށް ގޮސް، ލޯންޗުން ދިޔަހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި، ލޯންޗު ދިޔަވަމުންދާ ސަބަބު ދެނެގަނެ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ސިފައިން ވަނީ ލީކުވަމުންދާ ސަރަހައްދު ބެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީން މި ލޯންޗުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި، އެ މަސައްކަތް ނިންމާލާފައިވަނީ މިރޭ 20:45 ހާއިރުއެވެ.



.webp&w=3840&q=75)



