logoEN
cocacola
މިފްކޯއިން ނުއަގުގައި މަސްގަތުމުގެ ސަބަބުން އަމިއްލަ ބައެއް ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވޭ - ވަޒީރު ޝިޔާމް

މިފްކޯއިން ނުއަގުގައި މަސްގަތުމުގެ ސަބަބުން އަމިއްލަ ބައެއް ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވޭ - ވަޒީރު ޝިޔާމް

# މިފްކޯ# ފިޝަރީޒް މިނިސްޓްރީ

-

މިފްކޯއިން ނުއަގުގައި މަސްގަތުމުގެ ސަބަބުން އަމިއްލަ ބައެއް ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

މިފްކޯއިން ވަނީ ޖުލައި 1ން ފެށިގެން މަސްވެރިން އަތުން މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު ކަނޑައަޅާގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު މިފްކޯއިން މަސްގަންނަ އަގު ކަނޑައެޅުމުގައި ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި, މަސް ގަނެ އެކްސްޕޯޓްކުރުމަށް ހިނގާނެ ހަރަދަށް ބަލާނެ އެވެ.

ކޮންމެ ހަފްތާއަކުވެސް މަސްގަންނަ އަގު އާއްމުކުރުމަށް ނިންމާފައިވާއިރު, ކޮންމެ ދެ ހަފްތާއަކުން މަސްވެރިންނަށް ފައިސާދޫކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެގޮތުން މިހާރު މިފްކޯއިން ބޮޑު އަގުގައި މަސްގަތުމުގެ ސަބަބުން މަސްކައްކާ ރިހާކުރު ހަދާ ކުންފުނިތަކަށްވެސް ގެއްލުންވެ, ބައެއް އަމިއްލަ ކުންފުނިތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމަށް ހުރަސްއެޅިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކޮށް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިފްކޯއިން މަސް ގަންނަ އަގު ބަދަލުކޮށްފައިވާއިރު، ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށެވެ. މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ