
--
ތުރުކީން ރާއްޖެ އަށް ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކާފައިވާ ކަމަށް އެސް.ޓީ.އޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައި ކަމަށެވެ. އަދި އެ ފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ޝާހް ވިދާޅުވި އެވެ.
ޝާހު މިފަދައިން ވިދާޅުވެފައިމިވަނީ މި ސަރުކާރުން ތުރުކީން ރާއްޖެ އަށް ގެންނަން ފަށާނެ ކަމަށް ބުނެ ދެއްކި ވާހަކަ ވެސް ބިލާހަކަށްވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި އެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.
އެ ދުވަހު ރައީސް ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި މި މަސްތެރޭ ފުރަތަމަ ޝިޕްމެންޓު އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ކުރިޔަށްދާ ފަލަސްތީނު- އިޒްރޭލު ހަނގުރާމައާއި އެކު ރަތް ކަނޑުގައި ހާލަތާ ހުރެ ތުރުކީން ރާއްޖެ ގެންނަ ކާޑު ޝިޕްމެންޓަށް ވަނީ ލަސްކަމެއް އައިސްފައި އެވެ.
ގުޅުންހުރި

ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި

ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަނީ: މަނަވަރަށް ދިވެހި ސިފައިން ތަމްރީނުކުރުން ފެށިއްޖެ

ތުރުކީއާއި އެކު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
