
--
ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސް އަލްޕްއަރްސްލާން ބައިރަކްތާރްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ މިނިސްޓްރީ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސްގައި މިިދިޔަ ބުރާސްފަތު ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް ތުރުކީ ސަރުކާރާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.
އަދި މި ދާއިރާއިން، ޚާއްސަގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ އެޓާޝޭ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ތުރުކީއާއިއެކު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ތުރުކީގައި ދިވެހިންނަށް ލިބެން ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި
