
ޤުރުއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފަށަނީ
# ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު# އިސްލާމިކް މިނިސްޓްރީ-
ކީރިތި ޤުރްއާން ހިތުދަސް ކުރާ ދަރިވަރުން ޢުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަ ކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރުއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް 2 މަސްތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން މިއަންނަ އަހަރުން ފެށިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓު މަނީ ދިނުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ވަނީ މިރޭ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިޒުގެ ސަރުކާރުން ކީރިތި ޤުރްއާނަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށާއި އެކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާން ކުރެވިފައިވާނެކަމަށާއި އެކަން ހާސިލް ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ގުޅުންހުރި

އަންނަ ރޯދައިގެ ކުރިން 16 މިސްކިތަކާއި ޤުރްއާން މަރުކަޒުގެ 2 މަޝްރޫޢެއް ނިމޭނެ - ޝަހީމް

ޒުވާން ޚަޠީބު ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 140 ފަރާތަކުން ފޯމު ހުށައަޅައިފި

ދައުރާ ޕްރޮގްރާމް ފަށައިފި




