
--
ރާއްޖޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ޒިޔާރާތްކުރާއިރު މާސްކު އެޅުއްވުމަށް އެހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

އެހޮސްޕިޓަލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އައިޖީއެމްއެޗުން އެދިފައިވެއެވެ.
ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދުނު އިރު، ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވަނީ އެދިފައި އެވެ.
އައިޖީއެމްއެޗުން މިފަދަ އިއުލާނެއްގައި ނެރެފައިވާއިރު ދާދި ފަހުން ރާއްޖެއިން މެނިންގޖައިޓިސް ބަލި ވަނީ ފެނިފައި އެވެ. އެގޮތުން އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެބަލި ފެނިފައިވަނީ ދާދި ފަހުން ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް, ބަކާގެ ފަރާތުންނެވެ. އެބައްޔަށް ބަކާ ފަރުވާ ހޯދަމުން ދަނިކޮށް ވަނީ ނިޔާވެފައި އެވެ.
ހައްޖުން އަންނަ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ޚާއްސަ ކްލިނިކެއްވެސް އައިޖީއެމްއެޗުގައި ޤާއިމްކޮށްފައި އެވެ.
ގުޅުންހުރި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައިޖީއެމްއެޗްގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ބަލަނީ

މާދަމާ އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ!
