logoEN
cocacola
100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

ހަސަން ޝަމްއޫން

logo

6/29/2024, 10:18:42 AM

# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރު

މިރާލް ޢައިން ލަތީފް

ޔޫކޭ ގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި ރާއްޖޭގެ މިރާލް ޢައިން ލަތީފް, އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

ގޮސިޔާ

މިރާލް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފައިވަނީ 01:13.94 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އޭނާ އައުކޮށްފައިވަނީ 02:45.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ދެއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީވެސް މިރާލް އެވެ. އެގޮތުން މިރާލް އެންމެ ފަހުން 100 މީޓަރ ބަޓަރފްލައި އިވެންޓުންގެ ރެކޯރޑް އައުކޮށްފައި ވަނީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 01:14.76 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި އެމުބާރާތުގައި 200މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓުން މިރާލް ރެކޯޑު ހަދާފައި ވަނީ 02:48.74 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ