
50 މީޓަރ ފްރީސްޓައިލް އަދި 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި
# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރުޢާއިޝަަތު ޢުލްޔާ ޝާއިޤް
އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ރާއްޖޭގެ ޢާއިޝަަތު ޢުލްޔާ ޝާއިޤް އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

ޢުލްޔާ 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 00:31.76 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އޭނާ އައުކޮށްފައިވަނީ 00:28.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ކުރިން އޮތީ އާމިނަތު ޝަޖަން އަތުގައެވެ. އޭނާ މިރެކޯޑް ހަދާފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00:29.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ކުރިން އޮތީ މިރާލް ޢައިން ލަތީފް އަތުގައެވެ. މިރާލް މިރެކޯޑް އައުކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 00:32.56 އިން ރޭސް ނިންމައިގެންނެވެ.
ގުޅުންހުރި

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި

މިއަހަރުގެ މަޅި ފުޓްސަލް ޗެލެންޖް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
%20(3).jpg&w=3840&q=75)
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަރު ހުޅުވާލައިފި
