logoEN
cocacola
ރިޝްވަތު ހިފި މައްސަލައިގައި ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި

ރިޝްވަތު ހިފި މައްސަލައިގައި ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

6/28/2024, 8:33:38 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ފުލުހުން

-

ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ރިޝްވަތު ނެގި މައްސަލައިގައި ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނެފައިވަނީ, މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާ ގުޅޭ ގޮތުން ކުރިއަށްދާ އޮޕަރޭޝަންގައި އެތަނުގައި މަސައްކަތްކުރާ 13 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން 9 މީހަކު ހައްޔަރުކޮށްފައިވަނީ ކ. މާފުށިންނެވެ. އަދި ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު, އުތީމުން އެކަކު އަދި މާލެއިން އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

ބުރާސްފަތުދުވަހުގެ ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ޖަލަށް މަސްތުވާތަކެއްވާއި ފޯނުފަދަ ތަކެތި ވެއްދުމަށް ކަރެކްޝަންސް އޮފިސަރުން ރިޝްވަތުނަގާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި, ތަހުގީގުން މިހާތަަނަށް 18 އޮފިސަރަކު ރިޝްވަތި ހިފި ކަމަށް ވަނީ އެނގިފައެވެ. އަދި އެމީހުންގެ އެކައުންޓްތަކަށް 2023ވަނަ އަހަރުން ފެށިގެން 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުންވެސް މި ފައިސާތައް ޖަމާވެފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީގެ އަމިއްލަ އެކައުންޓުން ނުވަތަ ކުށުގެ ވެއްޓަށް ހުށަހެޅިފައިތިބި މީހުންގެ އެކައުންޓްތަކުން ކަން ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކަރެކްޝަންސްގެ މި 18 މުވައްޒަފުންގެ ތެރެއިން 6 މީހަކު މިއަހަރު ވަޒީފާއިން ވަނީ ވަކިވެފައެވެ. ނަމަވެސް އެބޭފުޅުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ