logoEN
cocacola
ހުޅުމާލޭގައި ތަރައްޤީކުރާ އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް މަޝްރޫއުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ތަރައްޤީކުރާ އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް މަޝްރޫއުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

6/27/2024, 1:57:48 PM

# ހުޅުމާޅެ

--

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ގޮސިޔާ

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައެވެ.

ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްޤީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްޤީކުރެވޭނެއެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީކުރާނެއެވެ.

މަތީފަންތީގެ ޚިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ