logoEN
cocacola
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އާދަމް ޝަރީފްވެސް ޗައިނާއަށް!

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އާދަމް ޝަރީފްވެސް ޗައިނާއަށް!

އަހުމަދު ޝުރާއު

logo

6/26/2024, 8:42:17 AM

# އާދަމް ޝަރީފް

--

ރަސްމީ ދަތުރުފުޅެއްގައި ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ގޮސިޔާ

ވަޒީރު އާދަމް ޝަރީފް ޗައިނާއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ވީޑިއޯ މެސެޖެއްގައި ވަޒީރު ވިދާޅުވީ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުރިއެރުވުމާއި ރައްޔިތުންގެ ލާބައާއި މަންފައަށްޓަކައި މޯބައިލް ފޯނުގެ ހިދުމަތް އެންމެ އެކަށޭނެ ގޮތުގައި ދެވޭނެ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގައި، ޗައިނާގައި 5 ޖީގެ މޯބައިލް ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެ ކުރިއަރާފައިވާ ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ޗައިނާގައި އެ ހިދުމަތް ދޭ ގޮތައި ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު، އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްވެސް ރަސްމީ ދަތުރުފުޅުތަކެއްގައި ތިއްބެވީ ޗައިނާގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ