
ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ# އާދަމް ޝަރީފް-
ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި, އާއްމު މަސައްކަތްތަކާ ބެހެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު، މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ހަވީރު އިބްރާހީމް އިސްމާޢީލުގެ ގޭގައި އޮތް މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުޙައްމަދު ހާޝިމާއި، މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލަކީ ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ އެކުލަވައިލުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވައި ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ގުޅުންހުރި

ޕީއެސްއައިޕީގެ ދަށުން ޢިމާރާތްކުރާ 6 ކައުންސިލެއްގެ މަސައްކަތް ނިމިއްޖެ

ކައުންސިލުތަކަށް އިދާރީ މުވައްޒަފުން ނުލިބޭ މައްސަލަ ހައްލުކުރަން މަސައްކަތް އެބަކުރެވޭ: އާދަމް ޝަރީފް

14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް ފޮނުވަން ފަށައިފި

.gif&w=3840&q=75)



