
-
މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނީ އެކަށީގެންވާ ރަނގަޅު އަގުގައި މަސްގަނެގެން ކަމަށާއި, މަހުގެ އަގު މުރާޖާ ކުރުމާމެދު ވިސްނަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާއި ގުޅިގެން, ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ, މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލައަކީ ކުއްލި މައްސަލައަކަށް ވުރެ ބޮޑަށް ދާއިމީ މައްސަލައެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ, ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިހާރުވެސް މަސް ގަންނަމުން އަންނަނީ ދެކޮޅުޖެހޭ އަގެއްގައި ނޫން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިން ބާނާ މަސް މިފްކޯއަށް ގަނެވޭނީ އެކަށީގެންވާ އަގެއްގައި މަސްގަނެގެން ކަމަށް ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ނުދެވެނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ ހާލަތު ހުރި ގޮތުން ކަމަށާއި, މި ސަރުކާރުން މަސްވެރިންނަށް ދޭންހުރި ފައިސާ ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ, ޕާޓީގެ ކުލަތަކާއި ރޮނގުތައް ފަހަނައަޅައި ހަގީގަތް ގަބޫލުކޮށް މިކަމުގައި ގައުމަށް ފައިދާހުރި ގޮތަކަށް ކަންކަން ނިންމަން ޖެހޭ ކަމަށެވެ. ދެކޮޅުޖެހޭ އަގެއްގައި މިފްކޯ އިން މަސް ގަންނަ ނަމަ ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)