logoEN
PNC TOP 3
ސިނަމާލެ 3 ގެ ޓެރަސްމަތިން ވައްކަން ކުރި 3 މީހަކު ހައްޔަރުކޮށްފި

ސިނަމާލެ 3 ގެ ޓެރަސްމަތިން ވައްކަން ކުރި 3 މީހަކު ހައްޔަރުކޮށްފި

# ވައްކަން# ފުލުހުން

-

ސިނަމާލެ 3 ގެ ޓެރަސް މަތިން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.

PNC MID 2

ފުލުހުން ބުނީ, ސިނަމާލެ 3ގެ ޓެރަސް މަތިން ވައްކަން ކުރި މައްސަލަ މިއަދު 5:01 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ދިވެހި 3 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ, އުމުރުން 35 އަހަރުގެ ދެ މީހުންގެ އިތުރުން އުމުރުން 42 އަހަރުގެ މީހެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ, ސިނަމާލެ ތިން ވަނަ ފްލެޓުގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި, އެކަން ކޮށްފައި ވަނީ ސިނަމާލެ ދޭއްގައި ދިރިއުޅޭ ތިން ފިރިހެނުން ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC