logoEN
cocacola
ދެކުނު ކޮރެއާގައި ބެޓަރި އުފައްދާ ޕްލާންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މަރު!

ދެކުނު ކޮރެއާގައި ބެޓަރި އުފައްދާ ޕްލާންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މަރު!

އަހުމަދު ޝުރާއު

logo

6/24/2024, 11:08:43 AM

# ދެކުނު ކޮރެޔާ

--

ދެކުނު ކޮރެއާގައި ލީތިއަމް ބެޓަރި އުފައްދާ ޕްލާންޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ދެކުނު ކޮރެއާގެ ލިތިއަމް ބެޓެރީ ޕްލާންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 16 މީހުން މަރުވެ ފަސް މީހަކު ވަނީ ގެއްލިފައެވެ.

ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބުނީސޯލްގެ ދެކުނުން 45 ކިލޯމީޓަރު (28 މޭލު) ދުރުގައި އޮންނަ ހުސެޔޮންގްގައި ހުންނަ ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ އަޅިޔަށްވެފައިވާ 16 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ބެޓެރީ އުފައްދާ ކުންފުންޏެއް ކަމަށްވާ އަރިސެލް އިން ހިންގާ ޕްލާންޓުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި، އެ ޕްލާންޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ މެންދުރު ފަހު 3:00 ހާއިރު ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިޝަލެއް ކަމަށްވާ ކިމް ޖިން-ޔަންގް މީގެ ކުރިން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު 100 އަށް ވުރެ ގިނަ މަސައްކަތްތެރިން އެ ތަނުގައި މަސައްކަތް ކުރަމުން އައި ކަމަށް ބެލެވޭ ކަމަށެވެ.

ކިމް ވިދާޅުވީ އަލިފާން ރޯވާން ފެށީ ގުދަނެއްގެ ތެރޭގައި ބެޓެރީ ސެލްތަކެއް ގޮއްވާލުމުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ