logoEN
WAMCO TOP 1
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަންނަން ފުރައިފި

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަންނަން ފުރައިފި

އަލްފާ އަލީ

logo

6/24/2024, 5:59:29 AM

# ހައްޖުވެރިން

-

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފި އެވެ.

THE TRAVELLER AD

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެ އައުމަށް ޖިއްދާއިން ފުރީ ރޢްޖެ ގަޑިން މިއަދު ހެނދުނު 7:50 ގައެވެ.

މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 1:55 ގައެވެ.

ދެވަނަ ގްރޫޕު މިމަމަހުގެ 28 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕު ޖުލައި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރު ވަނަ ގްރޫޕު ޖުލައި މަހުގެ 4 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ހައްޖުވެރިން ވަނީ ގޮސްފައި އެވެ. އަދި އަމީރުލްހައްޖުގެ ގޮތުގައި މިއަހަރު ރާއްޖޭގެ ފަރާތުން ވަޑައިގެންނެވީ ތައުލީމާއި ބެހޭ ވަޒީރެވެ.

ކޮމެންޓް
ފަހުގެ
HDC