
--
ހަލިމަގުގައި ހިނގި އެކްސިޑެއްޓެގައި އަނިޔާވި ބިދޭސީއަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ހަލިމަގުގައި މާލެ އިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ޖޫން 21ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު, އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެމީހާ ނިޔާވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މިރޭގެ އެކްސިޑެންޓުގައި ނިޔާވީ ތޭރަވާއާއި އަަޝްފާގެ 17 އަހަރުގެ ދަރިފުޅު!

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ތުއްތު ކުއްޖެއް ގައިގައި ޖެހި އެކްސިޑެންޓް ވެއްޖެ

ބްރިޖް އެއާޕޯޓް ލައިޓް ކައިރީގައި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެ





