logoEN
Sto top
މިރޭގެ އެކްސިޑެންޓުގައި ނިޔާވީ ތޭރަވާއާއި އަަޝްފާގެ 17 އަހަރުގެ ދަރިފުޅު!

މިރޭގެ އެކްސިޑެންޓުގައި ނިޔާވީ ތޭރަވާއާއި އަަޝްފާގެ 17 އަހަރުގެ ދަރިފުޅު!

އަހުމަދު ޝުރާއު

logo

7/13/2025, 5:29:30 PM

# އެކްސިޑެންޓް

--

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ޒުވާނާއަކި މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ ( ތޭރަވާ) އާއި މަރިޔަމް އަޝްފާ ގެ ހަމައެކަނި ދަރިފުޅުކަން ކަށަވަރުވެއްޖެ އެވެ.

Wamco

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުން 17 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިރޭގެ އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ ( ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްސަންއަށް 17 އަހަރު ފުރުނީ މިދިޔަ މޭމަހުގެ ތެރޭގައި އެވެ.

ފުލުހުން މިރޭ ބުނީ އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާއާއި އަނިޔާވެގެން ފަރުވާ ދެމުންދާ 16 އަހަރުގެ ފިރިހެން ކުއްޖާއަކީ ސައިކަލުގައި ތިބި ދެކުދީން ކަމަށެވެ. އަދި މި އެކްސިޑުންގައި 40 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އަނިޔާވުމާއި ގުޅިގެން ދަނީ ފަރުވާ ދެމުންނެވެ.

ފަރުވާދެމުންދާ ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC