
--
ތުރުކީގެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑު އެސަރަހައްދުގެ އަވަށްތަކަށް ފެތުރި 11 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ތުރުކީވިލާތުގެ ދެކުނުއިރުމަތީގެ ޖަންގައްޔެއްގައި ރޯވި މި އަލިފާންގަނޑާއި އެކު 11 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައިއެވެ.
އެގައުމުގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޮކާ ވިދާޅުވީ ހުކުރު ދުވަހު ދިޔާރްބަކީރާއި މާޑިން ސިޓީއާ ދެމެދު ރޭގަނޑު ރޯވި އަލިފާންގަނޑާއި އެކު 78 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އައިސީޔޫގައި ފަސް މީހަކު ތިބި ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު މިވަގުތާއި ހަމައަށް 11 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާން ރޯވާން ފެށީ ކުނިތަކެއް އަންދާލުމުންނެވެ. އަދި ވައިރޯޅި އާއި އެކު ޖަންގަލީގައި އަލިފާންގަނޑު ފެތުރުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާއި އެކު ހަތަރު އިމަޖެންސީ ޓީމަކާއި 35 އެމްބިއުލާންސް ވަނީ އެސަރަހައްދަށް ފޮނުވާފައެވެ. ދިޔާރްބަކީރުގެ ގަވަރުނަރު އަލީ އިހުސާން ސޫ ވިދާޅުވީ މިހާރު އަލިފާން ނިއްވާ ފަރާތްތަކުން އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ގުޅުންހުރި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

ތުރުކީގެ ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ ވެރިރަށުގައި ދިން ނިރުބަވެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 5 އަށް!
