logoEN
WAMCO TOP 1
ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހޯމަ ދުވަހު!

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހޯމަ ދުވަހު!

އަހުމަދު ޝުރާއު

logo

6/21/2024, 12:14:01 PM

# ހައްޖުވެރިން

--

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެއަށް އައުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

THE TRAVELLER AD

އިސްލާމީ ކަންތައްކަކާއި ބެހޭ ވުޒާރާއީން މިއަދު ބުނީ ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު މިހާރު ފުރުމަށް ތައްުޔާރުވެފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ހޯމަ ދުވަހު ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

އަދި ދެވަނަ ގްރޫޕު މިމަމަހުގެ 28 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕު ޖުލައި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރު ވަނަ ގްރޫޕު ޖުލައި މަހުގެ 4 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

އެވުޒާރާއިން އިތުރަށް ބުނީ ދިވެހި ޙައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ 1 ހައްޖުވެރިއެއް ކަމަށާއި މިވަގުތު ހޮސްޕިޓަލުގައި 1 ޙައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ޙައްޖުވެރިންގެ ހާލުރަނގަޅު ކަމަށެވެ.

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ހައްޖުވެރިން ވަނީ ގޮސްފައި އެވެ. އަދި އަމީރުލްހައްޖުގެ ގޮތުގައި މިއަހަރު ރާއްޖޭގެ ފަރާތުން ވަޑައިގެންނެވީ ތައުލީމާއި ބެހޭ ވަޒީރެވެ.

ކޮމެންޓް
ފަހުގެ
HDC