logoEN
cocacola
ހަންގޭރީ ބަލިކޮށް ޖަރުމަނު ގުރޫޕްގެ އެއްވަނައަށް

ހަންގޭރީ ބަލިކޮށް ޖަރުމަނު ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

6/19/2024, 5:58:20 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔޫރޯ 2024

މުސިއާލާ ހަންގޭރީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އޭގައި 2-0 ގެ ނަތީޖާއަކުން ހަންގޭރީ ބަލިކޮށް ޖަރުމަނުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް އަތުން އެޓީމު މޮޅުވެފައިވާއިރު، ހަންގޭރީގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޖަރުމަނުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ހަންގޭރީން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޖަރުމަނުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ގުންޑޮގާން އެވެ. މިއީ މެކްސިމިލިއަން މިޓެލްސްޓާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ޖަރުމަނު ގުރޫޕް އޭގެ އެއްވަނާގައި އޮތްއިރު، މިމެޗުން ބަލިވި ހަންގޭރީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ