logoEN
WAMCO TOP 1
ދިވެހި ހައްޖުވެރިން މައްކާއަށް ދަތުރުފަށައިފި

ދިވެހި ހައްޖުވެރިން މައްކާއަށް ދަތުރުފަށައިފި

އަހުމަދު ޝުރާއު

logo

6/19/2024, 5:13:15 PM

# ހައްޖުވެރިން

--

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ ފަރާތުން ހައްޖަށް ދިޔަ ހައްޖުވެރިން މައްކާއަށް ދިޔުމަށް ދަތުރު ފަށައިފި އެވެ.

THE TRAVELLER AD

ދިވެހި ރާއްޖޭގެ ހައްޖު މިޝަންއިން ބުނީ މިނާގައި އެންމެ ފަހު ދުވަސް ހޭދަ ކުރެއްވުމަށްފަހު ދިވެހި ޙައްޖުވެރިން މައްކާއަށް ދިޔުމަށް މިހާރު ދަތުރުފަށާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ބަހުންނެވެ.

ހައްޖުވެރިން މައްކާއަށް ދިޔުމަށްޓަކައި ކުރަން ޖެހޭ އިންތިޒާމުތައް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންއިން ވަނީ ވަރަށް ފުރިހަމައަށް ކޮށްފައެވެ.

ހައްޖުވެރިން މައްކާއަށް ދިޔުމަށްފަހު ޙަރަމްފުޅަށް ވަދާޢު ކިއުމުގެ ގޮތުން ކުރެވޭ ޠަވާފުލް ވަދާޢު ކުރާނެ އެވެ. އެޔަށްފަހު މިއަހަރުގެ ހައްޖުގެ އަޅުކަން ނިމުމަކަށް އަންނާނެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފޮނުވާ 50 ފަގީރުންވެސް ހިމެނެ އެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. އަދި އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދުވެސް ވަނީ ހައްޖުގެ އަޅުކަމަށް ވަޑައިގެންފައި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ ހައްޖުވެރިންގެ ކަންކަން ބެލެހެެއްޓުމުގެ އިންތިޒާމުތައް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންއިން ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC