
-
މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ މި މަހު ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ, މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު އެއްމިލިއަންވަނަ ފަތުރުވެރިޔާ މިމަހު ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށެވެ. އަދި އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
"އުއްމީދު ކުރަނީ މިމަހުގެ ފަހުކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް، އެކަން ވަރަށް ބޮޑަށް ފާހަގަ ކުރާނަން ވަރަށް ގަދައަށް، އަހަރު ނިންމާލާނީ ޓާގެޓް ކުރި އަދަދު ހާސިލްކޮށް، ދެ މިލިއަން ފަތުރުވެރިންނާއެކު، އުއްމީދު ބޮޑު 2.1 މިލިއަން ނޫނީ 2.2 މިލިއަން އަށް އަރައިވަލްސް ހިނގައިދާނެކަމަށް،" - ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 10ވަނަ ދުވަހާހަމައަށް 932398 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބޭރުގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކޮށް މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
