
އިނގުރައިދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުން - ފެނަކަ
# ފެނަކައިނގުރައިދޫ
ރ އިނގުރައިދޫއިން ތަކުރާރުކޮށް ކަރަންޓު ކެނޑުން ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އިނގުރައިދޫ އިން ވޭތުވެ ދިޔަ ދެތިން ދުވަހު ތަކުރާރުކޮަށް މުޅި ރަށުން ވަނީ ކަރަންޓުގެ ހިދުމަތް އެކި ގަޑި ތަކުގައި ކެނޑިފައި އެވެ. މިއާއި އެކު މި މައްސަލައިގެ ތަފްސީލް މިއަދު ފެނަކައިން ވަނީ ހާމަކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އިނގުރައިދޫގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރ (400kW) އަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ވޭތުވެދިޔަ 3 ދުވަހު މުޅިރަށުން ކަރަންޓް ކެނޑުން ތަކުރާރުވި ކަމަށެވެ.
އަދި މި މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ފެނަކައިން ވަނީ ހާމަކޮށްފައެވެ.
އާބާދީގައި ދެހާހެއްހާ މީހުން ދިރިއުޅޭ އިނގުރައިދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ.
ފެނަކައިން މީގެ ކުރިން ބުނި ގޮތުގައި ރަށްރަށުގެ ޖަނަރޭޓަރުތަކަށް މިހާ ގިނައިން މައްސަލަތައް ކުރިމަތި ވަމުންދަނީ ވޭތުވެދިޔަ 5 އަހަރު އެ ޖަނަރޭޓަރުތައް ސާވިސްކޮށްފައި ނުވުމުންނެވެ.