ގަދަ ހޫނަށްފަހު މައްކާއަށް ވާރޭ ވެހިއްޖެ, އަލްހަމްދުالله!
އަހުމަދު ޝުރާއު
6/17/2024, 2:51:06 PM
މައްކާއަށް ބޯކޮށް ވާރޭވެހުން
ހޫނުގަދަ ދުވަސްތަކަކަށްފަހު ސައުދީ އަރަބިއްޔާގެ މައްކާއަށް މިރޭ ބޯކޮށް ވާރޭ ވެހިއްޖެއެވެ.
ހައްޖާގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުން އަންނަ ހަަރަމައިން އިން ވަނީ މިއަދު މައްކާއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާންމުކޮށްފައި އެވެ.
އެގޮތުން މިއަދު ސައުދީއަށް ކުރި ވިއްސާރާގައި މައްކާގެ މިނާ އާއި މުޒްދަލިއާ އަދި އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ހަރަމައިން އިން ބުނެއެވެ.
ސައުދީގެ މޫސުމާއި ބެހޭ އިދާރާގެ މަސްދަރުތަކާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މިއަދު މައްކާއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ހޫނުމިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި އެވެ.
މައްކާއަށް ބޯކޮށް ވާރޭ ވެހިފައިމިވަނީ. މިއަހަރުގެ ހައްޖު މޫސުމުގައި މައްކާއަށް އާދަޔާ ޚިލާފަށް ހޫނުގަދަވެ ބައެއް ހައްޖާޖީން ނިޔާވެފައިވާކަމަށްވެސް އެގައުމުން ވެސް ކަށަވަރުކޮށްދީފައިވަނިކޮށެވެ. ހޫނު ގަދަ ވުމާއި އެކު މައްކާގައި ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށް ޖަމްރާތައްވެސް މިއަދު ބަންދުކުރި އިރު ސައުދީ ހައްޖު މިނިސްޓްރީން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރާ ހަމަޔަށް ބޭރަށް ނުނިކުމެ އެކޮމޮޑޭޝަން ބްލޮކްތަކުގައި ތިބުމަށް ހައްޖުވެރިންނަށް އަންގާފައެވެ.