logoEN
Sto top
މާލޭގެ ޕެޓްރޯލް ޟެޑެއް ކައިރީ އަލިފާނުގެ ބޮޑު ހާދިސާއެއް!

މާލޭގެ ޕެޓްރޯލް ޟެޑެއް ކައިރީ އަލިފާނުގެ ބޮޑު ހާދިސާއެއް!

އަހުމަދު ޝުރާއު

logo

6/16/2024, 8:00:24 PM

# އަލިފާން

--

މާލޭގެ ޕެޓްރޯލް ޟެޑެއް ކައިރީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

Wamco

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ މާލޭގެ ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީ ހުރި ސައިކަލެއްގައި އެވެ. އެގޮތުން މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލުގައި ވަރަށް ބޮޑަށް ވަނީ ރޯވެފައި އެވެ.

ސައިކަލެއްގައި ރޯވި ހިނގި މި ހާދިސާގައި ކައިރީގައި ހުރި އިތުރު 4 ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ. އެގޮތުން އެސަރަހައްދުގައި ހުރި ގާފުގެ ނޫސްވެރިޔާ ބުނީ ސައިކަލުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގުމާއި އެކު ސިފައިންގެ ފަޔާ ފަައިޓަރުން އެސަރަހައްދަށްގޮސް އަލިފާން ގަނޑު މިހާރު ވަނީ ނިއްވާލާފައި އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތުން ވަނީ ނުވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC