logoEN
PNC TOP 3
ނަލަހިޔާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

ނަލަހިޔާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

އަހުމަދު ޝުރާއު

logo

2/3/2024, 2:13:15 PM

# އަލިފާން

ނަލަހިޔާ އިމާރާތް

މާލެ ސިޓީގައި ހުންނަ ނަލަހިޔާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެެ.

PNC MID 2

މާފަންނު ގަޑި ބުރު ކައިރީގައި ހުންނަ އެއިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފެށީ މިރޭެ 18:50 ހާއިރު އެވެެ.

އެގޮތުން އެސަރަހައްދުގައި ހުރި ގާފުގެ ނޫސްވެރިޔާ ރިޕޯޓްކުރާ ގޮތުގައި އަލިފާން ރޯވެެފައިވަނީ އެއިމާރާތުގެ އެއްވަނަ ފަންގިފިލާގައި އެވެ. އަދި އަލިފާން ނިންވުމަށް ސިފައިން ހަރަކާތްތެރި ވަމުން އަންނަ އިރު އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު އަދިވެސް އެއިމާރާތުން ދުން އަރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާއާއި ގުޅިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ގިނަ ސިފައިންތަކެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ ބަހެއް އަދި މިހާތަނަށް ލިބިފައި ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ ...

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC