
ވޮއްމުލި ރިސޯޓު
ދ އަތޮޅުގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ގާފު ނޫހަށް މައުލޫމާޔު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ދ ވޮއްމުލި ކައިރީގައި އެވެ. އެގޮތުން އެކްސިޑެންޓު ވެފައިވަނީ ދ ވޮއްމުލި ރިސޯޓުގެ ލޯންޗަކާއި ދ ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހި ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަޔަކަށް ހުޅުދެލި ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހަކަށް ސިީރިއަށް އަނިޔާތަކެއް ވެގެން އަންނަނީ ހުޅިދެލި ސިއްހި މަރުކަޒުގައި ފަރުވާ ދެމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މިރޭގެ އެކްސިޑެންޓުގައި ނިޔާވީ ތޭރަވާއާއި އަަޝްފާގެ 17 އަހަރުގެ ދަރިފުޅު!

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ތުއްތު ކުއްޖެއް ގައިގައި ޖެހި އެކްސިޑެންޓް ވެއްޖެ

ބްރިޖް އެއާޕޯޓް ލައިޓް ކައިރީގައި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެ
