logoEN
Sto top
ނައިފަރުގައި އަލިފާނުގެ ހާދިސާއެއް!

ނައިފަރުގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

6/16/2024, 6:10:15 PM

# ޅ. ނައިފަރު

--

ޅ ނައިފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

Wamco

ސިފައިން ބުނީ ޅ.ނައިފަރުގެ އުތުރު ފަރާތު ސިނާއީ ސަރަހައްދުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިރޭ 20:05 ހާއިރުކަމަށް ސިފައިން ބުނެއެވެ.

އެއާއި އެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 20:30 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC