logoEN
Sto top
ނައިފަރުން 44 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލުކޮށްފި

ނައިފަރުން 44 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/29/2025, 12:58:44 PM

# ޅ. ނައިފަރު

-

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ފޭސް 2 އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 679,031,580.60 ރުފިޔާއަށް 630 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރު ބިން ހިއްކައި، 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް، 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC