logoEN
Sto top
ނައިފަރުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ" ޕްރޮގްރާމެއް ހިންގައިފި

ނައިފަރުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ" ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

11/19/2024, 3:10:38 PM

# ޅ. ނައިފަރު

--

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ޅ.އަތޮޅު ކައުންސިލް އިދާރާއިން ގުޅިގެން ޅ.ނައިފަރުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ" ޕްރޮގްރާމެއް ހިންގައިފިއެވެ.

Wamco

ނޮވެންބަރު 12 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ނައިފަރު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ލިޒާންއެވެ.

ނައިފަރުގެ 20 މީހުން ބައިވެރިވި، މި ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރފައިޓަރުން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މިގޮތުން، ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި އަވަހަށް އިޖާބަދީ، ހަރަކާތްތެރިވުމުގައި އެ މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، މީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގައި ޕްރޮފެޝަނަލް ފަޔަރ ފައިޓަރުންނާއި، ކުއްލި ހާލަތުގައި ރައްދުދޭ ފަރާތްތަކުގެ މަސައްކަތްތަކަށް އެހީތެރިވެދޭ، ތަމްރީނު ލިބިފައިވާ ވޮލަންޓިއަރުންގެ ދައުރު ފުޅާކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި ޢަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC