
އައިޖީއެމްއެޗް ހޮސްޕިޓަލް
ރާއްޖޭގައި ހަލުވިކަމާއި އެކު ޑެންގޫ ހުން ފެތުރި ހުން ޖެހުނު ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މިދުވަސްވަރު ހުން އައިސް، ކެއްސާތީ އަދި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު ގިނަ ވެފައިވާ ކަމަށެވެ. އަދި މިހާރު ޑެންގޫ ހުން ޖެހިގެން 7 ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދެމުން އަންނާތީ މިއީ މި ދުވަސްކޮޅު ވަކިން ބޮޑަށް ބައްޔާ މެދު ފަރުވާތެރި ވާން ޖެހޭ ކަމެއް ކަމަށެވެ.
ޑރ ފައިސަލް ވަނީ ޑެންގޫ ހުން ޖެހިގެން ފަރުވާ ދެމުން އަންނަ 7 ކުދިންގެ ތެރެއިން އެއްކުއްޖެގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެމުންކާންވެސް ހާމަކޮށްފައެވެ.
އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކުދިންނަށް ފަރުވާދެމުންދިޔަ ނަމަވެސް ބަލި ކުޑަކޮށް ހުއްޓަސް ޑޮކްޓަރަށް ނާންނަ ކުދިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ޑރ ފައިސަލް ވަނީ ލަފާކޮށްފައެވެ.
ޑެންގޫ ހުން ޖެހިގެން މިދިޔަ މަހު އެކަނި 610 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. ޑެންގޫ ހުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މާލެ ސަރަހައްދުގައިވެސް މި ބަލި ހަލުވި ކަމާއި އެކު ފެތުރެމުންދާނީ ކަމާގުޅުންހުރި އިދާރާތަކުން ދަނީ މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހަތް ކުއްޖަކަށް ފަރުވާދެނީ, އެއްކުއްޖަކު އައިސީޔޫގައި!

މާރިޗު މަހަށް ވުރެ ހުސްވި އޭޕްރީލު މަހު ޑެންގީގެ 125 ކޭސް އިތުރު، ޖުމްލަ 624 ކޭސް!




