logoEN
WAMCO TOP 1
މާރިޗު މަހަށް ވުރެ ހުސްވި އޭޕްރީލު މަހު ޑެންގީގެ 125 ކޭސް އިތުރު، ޖުމްލަ 624 ކޭސް!

މާރިޗު މަހަށް ވުރެ ހުސްވި އޭޕްރީލު މަހު ޑެންގީގެ 125 ކޭސް އިތުރު، ޖުމްލަ 624 ކޭސް!

# އަރިދަފުސް ރޯގާ# ވައިރަލް ހުން# ޑެންގީ ހުން# ހެލްތު މިނިސްޓްރީ

ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް

މި އަހަރުގެ މާރިޗު މަހަށް ވުރެ ހުސްވި އޭޕްރީލް މަހު ޑެންގީގެ 125 ކޭސް އިތުރުވެފައިވާ ކަމަށް ސިއްޚަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

THE TRAVELLER AD

އެ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީގައި ޑެންގީ ޖެހިގެން ރިޕޯޓުކުރެވުނީ 145 ކޭހެވެ. އެހެން ނަމަވެސް ފެބްރުއަރީގައި އެ އަދަދު ދަށްވެ، 116 ކޭސް ރިޕޯޓު ކުރިއިރު މާރިޗުގައި ތިން ކޭސް އިތުރުވެ، ރިޕޯޓުކުރެވިފައިވަނީ 119 ކޭހެކެވެ.

އެހެން ނަމަވެސް ހުސްވި އޭޕްރީލް މަހު، މާރިޗު މަހަށް ވުރެ އިތުރު 125 ކޭސް ރިޕޯޓުކުރެވި މުޅި ޖުމްލަ މިދިޔަ މަހުގައި އެކަނި 244 ކޭސް ރިޕޯޓުކުރެވިފައިވެއެވެ.

އެއާއެކު މި އަހަރުގެ ހުސްވި މަހާއި ހަމައަށް، މުޅި ޖުމްލަ 624 ޑެންގީ ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިދިޔަ މަހުގެ ނިޔަލަށް، އަރިދަފުސް ރޯގާ ޖެހިގެން 115,324 ކޭސް ރިޕޯޓުކުރެވިފައިވާއިރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 17,529 ކޭހެއް ރިޕޯޓުކުރެވިފައިވެއެވެ. އަދި ވައިރަލް ފީވާގެ 46,071 ކޭހެއް ރިޕޯޓުކުރެވިފައިވެއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ މާރިޗު މަސްވީ އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ހޮޑުލުން އަދި ވައިރަލް ހުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރެވުނު މަހަށެވެ. އެގޮތުން އެމަހުގައި އެކަނި:

  1. ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5428 ކޭސްއެއް
  2. ވައިރަލް ހުމުގެ 11760 ކޭސްއެއް
  3. އަރިދަފުސް ރޯގާގެ 22739 ކޭސްއެއް

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީގެ ކޭސްތައް އިތުރުވެފައިވާއިރު، ހުސްވި މަސްވީ ޑެންގީގެ އެންމެ ގިނަ ކޭސްތައް މި އަހަރު އަދި ރިޕޯޓުކުރި މަހަށެވެ. އެގޮތުން ޑެންގީ ހުން އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަހައްދުގެ އިތުރުން ހދ. އަތޮޅާއި ނ. އަދި ކ. އަތޮޅުންނެވެ.

ޑެންގީ ފެތުރުން އިތުރުވެފައިވަނީ ވިއްސާރަ މޫސުމާ ދިމާކޮށް، މަދިރި އާލާވާ ތަންތަން އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ޑެންގީ އަދި ވައިރަލް ހުންތައް ފެތުރެ މިންވަރު އިތުރުވެއެވެ.

އެ ބަލިތަކަކީ މައިގަނޑު ގޮތެއްގައި މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތަކަކަށް ވުމުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކަމާބެހޭ އިދާރާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން، ރާއްޖެގެ ރަށްތަކުގައި މަދިރި ބޭސް ޖެހުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރަތަކުން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC