logoEN
cocacola
މޯދީގެ އީދު ތަހުނިޔާ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް!

މޯދީގެ އީދު ތަހުނިޔާ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް!

އަހުމަދު ޝުރާއު

logo

6/16/2024, 3:11:32 PM

# ރާއްޖެ-އިންޑިއާ

--

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މިއަދު ފޮނުއްވައިފި އެވެ.

ގޮސިޔާ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މޯދީގެ ފަރާތުން ރައީސް މުއިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އީދަކީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތް މަލްޓި ކަލްޗުރަލް ހެރިޓޭޖުގެ ތެރެއިން ފޯރި އާއި އުފާވެރިކަމާ އެކު ފާހަގަކުރެވޭ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއި އެކު އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މަންޒަރު ފެންނަނީ މުޅިން ތަފާތުކޮށެވެ. އެގޮތުން ދާދި ފަހުން އިންޑިއާއިން ވަނީ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ދައުވަތު އަރުވާފައި އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު އެންމެ ގިނަ ބަޔެއްގެ ސަމާލުކަންވެސް ހުއްޓުނީ ރައީސް މުއިއްޒު އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ