
-
މާލޭގެ ބައެއް ގޭބީސީތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުން ބިލްދައްކާފައިވީނަމަވެސް, ގޭގެ ވެރިފަރާތުގެ އެންގުމަށް ފެންކަނޑާލާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

ފަހަކަށް އައިސް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގޭބީސީތަކުން ފެން ކަނޑާލުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ, ބިލުދައްކަންޖެހޭ އިދާރާއަށް ނުވަތަ ކުންފުންޏަށް ގަވައިދުން ބިލްދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ތަޅު އެޅުވުމުގެ މައްސަލަތަކާއި، ފެނުގެ ޚިދުމަތް ދެމުންދާ ކުންފުނީގެ އެންގުމަކާއި ނުލައި ގޭގެވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ފެނުގެ ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށެވެ.
މިފަދަ މައްސަލަތުގައި ހިމެނޭ ދެފަރާތާއި ކުރެވުނު މަޝްވަރާތަކަށްފަހު ބައެއް މައްސަލަތަކަށް ހައްލު ހޯދިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ވެރިފަރާތުން މިގޮތަށް އަމަލުކުރަމުންދަނީ, އެކި ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކަމަށްވެސް ފާހަގަކުރެވިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެޗްއާރުސީއެމުން ބުނީ, ފުދޭ މިންވަރަށް ފެން ލިބުމުގެ ޙައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްގެއްކަމަށެވެ. އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެނަށް އެކަމުގެ އަސަރުކުރާނެކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އެހެންކަމުން ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތައް ޤާނޫނީ އިމުގެ ތެރެއިން ޙައްލުކުރުމަށް މަސައްކަތްކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
ގުޅުންހުރި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ރަމީލާ އައްޔަންކުރައްވައިފި

އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވިލިމާލެއިން 3875 ކާނު ސާފުކޮށްފި

ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފި





