logoEN
cocacola
ވަޒީރު އާދަމް ނަޞީރު އީދަށް ކުޑަހުވަދޫއަށް!

ވަޒީރު އާދަމް ނަޞީރު އީދަށް ކުޑަހުވަދޫއަށް!

އަހުމަދު ޝުރާއު

logo

6/15/2024, 12:10:28 PM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ވަޒީރު އާދަމް ނަސީރު ކުޑަހުވަދޫއަށް

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ދ. ކުޑަހުވަދޫގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލެއްވުމަށް ދިވެހިބަހާ ސަގާފަތާ ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު އެރަށަށް ވަޑައިގަންނަވައިފިއެވެ.

ގޮސިޔާ

ވަޒީރު ކުޑަހުވަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޙަމީދާއި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ރާއްޖޭގެ 3 ރަށެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު ކުޑަހުވަދޫއަކީ އޭގެތެރެއިން އެއް ރަށެވެ. އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ އަނެއް ދެ ރަށަކީ ގއ. ވިލިނގިއްޔާއި ރ. އުނގޫފާރެވެ.

ޤައުމީ ފެންވަރުގައި ޢަޟްޙާ ޢީދު ފާހަގަ ކުރާނެ ރަށްތައް ކަނޑައަޅާފައި ވަނީ އެކަމަށް އެެދި ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާނު ކުރުމަށް ފަހު ލިބުނު ޕްރޮޕޯސަލްތައް ބަލައި ވަޒަންކޮށްގެނެވެ. ޕްރޮޕޯސަލްތައް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 29 ރަށަކުން ޕްރޮޕޯސަލް ވަނީ ލިބިފައެވެ. ނަމަވެސް އޭގެ ތެރެއިން 3 ޕްރޮޕޯސަލް ވުޒާރާއަށް ލިބިފައިވަނީ ސުންގަޑި ހަމަވިފަހުން ކަމަށްވާތީ, އެ ޕްރޮޕޯސަލްތައް ބަލައިގަނެފައެއް ނުވެއެވެ.

ކުޑަހުވަދޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސަޔާއި އުޟްޙިޔާ ކަތިލުމާއި ހަވާ އެރުވުމާއި ސަގާފީ ގިނަ ހަރަކާތްތަކެއް ވެސް ހިމެނިފައި ވެއެވެ. އޭގެތެރޭގައި ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމާއި ބޮޑު މަސް ނެރުން ހިމެނެއެވެ. އަދި ފަލަސްޠީން މުސްލިމުންގެ ޙައްޤުގައި ބާއްވާ ހާއްސަ ހިނގާލުމެއް ވެސް ކުޑަހުވަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޒީރު މާލެ ވަޑައިގަންނަވާނީ ޖޫން 19ވާ ބުދަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ