logoEN
cocacola
އިޖުތިމާއީ އަދި ދީނީ މިންގަނޑުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް ކައުންސިލްތަކަށް އަންގައިފި

އިޖުތިމާއީ އަދި ދީނީ މިންގަނޑުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް ކައުންސިލްތަކަށް އަންގައިފި

އަހުމަދު ޝުރާއު

logo

6/14/2024, 5:30:46 PM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

--

ކުރިއަށް އޮތް އަޟްހާ ދުވަހުގެ މުނާސަބާ ފާހަގަކުުރުމަށްޓަކައި ހިންގާ ހަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިލްތިމާސްކުރައްވައިފިއެވެ.

ގޮސިޔާ

މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި، ސިޓީ އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނަނީ ދިވެހިންނަކީ އުސޫލެއްގެ ގޮތުން އިސްލާމް ދީނުގެ އެއް މަޒުހަބަކަށް ތަބާވާ މީހުން ކަމަށާއި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކު ކަމަށެވެ. އެހެންވެ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށު އަރާ އެއްވެސް ކަމެއް އެ ސިޓީއެއް އަދި އެ ރަށެއްގައި ހިންގާ އީދު ހަރަކާތްތަކުގައި ނުހިންގުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދަ ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުވާ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. މާދަމާއަކީ މިއަހަރުގެ ހައްޖު ދުވަހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ