logoEN
cocacola
ޢަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެއް

ޢަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެއް

އަލްފާ އަލީ

logo

6/14/2024, 8:21:12 AM

# ހުތުބާ

---

ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ, އަރަފާތް ދުވަހުގެ މުހިންމު ކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ, އަރަފާތު ދުވަހަކީ އިސްލާމީ އުންމަތަކީ އެއްބައިވަންތަކަން ދައްކައިދޭ ދުވަހެއް ކަމަށެވެ. އެގޮތުން ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ދުވަހެއް ކަން ފާހަގަކޮށް ބުނެފައިވަނީ ކުލަ ތަފާތަސް، ނަސްލު ތަފާތަސް، ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެއްތާކަށް އެއްކުރުވަނީ މުސްލިމުންގެ އީމާން ކަން ކަމަށެވެ.

މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ އަދި ހިތްތަކަށް ފިނިކަން ގެނުވައިދޭ އުފާވެރި މަންޒަރެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ހައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެވެ! އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ." - ހުތުބާ

ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވިނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާކަމަށާއި އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ހަމަ އެ ފަދައިން މާތް ނަބިއްޔާ ސައްލައްالله އަލައިހި ވަސައްލަމަ އަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ މަސައްކަތްކޮށް, ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ. އެގޮތުން ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ