
-
މިއަހަރު ރާއްޖޭން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ބައެއް ހައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހި ޙައްޖުވެރިންގެ ތެރެއިން 577 ޙައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި ޙައްޖުވެރިންގެ އެހެން ބަސްތައް މިނާއަށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ.
މިނާއަށްފަހު ހައްޖުވެރިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާ ކުރުމަށް އަރަފާތަށެވެ. ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.
މިއަަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރައްވަނީ ޖުމްލަ 1150 ޙައްޖުވެރިންނެވެ.





